ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކޮށްލުމަކީ ހުދުމުހުތާރު ވިސްނުމެއް ކަމަށް މުނައްވަރު ވިދާޅުވުން ހުލާސާކޮށް އިއްޔެ: ދެ އިންތިހާބު އެއްކޮށްލުމަކީ ހުދުމުހުތާރު ވިސްނުމެއް ކަމަށް މުނައްވަރު ވިދާޅުވުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހުދުމުހުތާރުވުމުގެ ވިސްނުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިއްޔެ ވިދާޅުވި އެވެ.
މުނައްވަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއް ތާރީހެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުން ކަމަށާއި އެއީ ހުދުމުހުތާރުވުމުގެ ވިސްނުމެއް ކަމަށެވެ.
"ދެ އިންތިހާބު އެއް ތާރީހެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެކެވެ. ހުދުމުހުތާރުވުމުގެ ވިސްނުމެކެވެ. ގިނަގިނައިން އެ ވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބާއްވަވާށެވެ،" މުނައްވަރު އެކްސްގައި ލިޔުއްވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.
އެކަމަށް މަގުފަހި ކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ބިލެއް ފާސްކޮށްފަ އެވެ. ފެންނަ ނުފެންނަ ވޯޓު ނަގަނީ އެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ. އެ ވޯޓު އޮންނާނީ އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބުގެ ވޯޓާއެކު އެވެ.
މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ