ރައްޔިތުންގެ މަޖިލީސްގެ މެންބަރުންނާއި ކައުންސިލް މެންބަރުންގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ޔޫތް ހަބްގައި ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ހުށަހަޅުއްވާ އިސްލާހީ އެޖެންޑާގެ ތެރޭގައި މަޖިލީސް މެންބަރުންނާއި، ކައުންސިލް މެންބަރުންގެ ދައުރުގެ ތެރޭގައި ރީކޯލް ވޯޓު ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވަން ބޭނުންފުޅުވާ ކަމަށެވެ.
"މާނައަކީ ކޮބާ، މަޖިލީސް މެންބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމެންސް ދަށްވީ ނޫނިއްޔާ ގާނޫނުގައި އޮންނަ ކަންކަން އެ ބޭފުޅުންގެ ކިބައިން ދިޔައީ، ދާ ހިސާބުން ރައްޔިތުންނަށް ފުރުސަތު ލިބޭނެ އެ ކަނޑައެޅިފައި އޮންނަ ގޮތަކަށް ވަކި އަދަދަކަށް ޕެޓިޝަން ހުށަހަޅައިގެން، މަޖިލީސް ތެރޭގައި ވަކި އިންސައްތަ އެއްގެ ވޯޓު ހަމަކޮށްގެން…، އެ މީހާ މަގާމުން ދުރު ކުރެވޭނެ، މަޖިލީސް މެންބަރުންވެސް ކައުންސިލް މެންބަރުންވެސް. އެހެންވީމަ ކޮންމެހެން ދައުރު މެދުތެރޭގައި ނުޖެހޭނެ އެއްނު މަޖިލިސް އިންތިޚާބު ބާއްވާކަށް؟،".
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެހެންކަމުން ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް، މެމްބަރުންނާއި ކައުންސިލަރުންގެ ދައުރު ތެރޭޭގައި، އެ އެކުލަވާލެވޭ ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތެއް ނޫނީ ކަމެއް މެންބަރުގެ ކިބައިން އުނިވެއްޖެނަމަ، އޭނާ އެ ގޮނޑިން ބޭރު ކުރަން ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވީމާ ފުލީ އޮބްޖެކްޓިވް މައިންޑް އަކުން ވިސްނާ، އެއްވެސް ސިޔާސީ ތަޢްސުބެއްގައި ނުޖެހި އަޅުގަނޑު ދެއްކި ވާހަކައާ މެދުގައި ވިސްނާލީމާ ސާފުވާނެ މި ދެއްކީ ވަރަށް ތެދު ސާފު ހަގީގަތްކަން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ސަރުކާރުން ހުށަހަޅާ ކަންކަމާއެކުގައި، ސަރުކާރާއި، ކައުންސިލާއި މަޖިލިސްވެސް ހިނގާނީ ވަރަށް ހަރުދަނާ ކަމާއެކީގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުނާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބުތައްވެސް ބޭއްވޭނީ ހަގީގީ މާނާގައި ”ފްރީ އެންޑް ފެއާ“ ކޮށް ކަމަށް ވިދާޅުވިއެވެ.
ދައުރުގެ ތެރެއިން, މަޖިލިސް މެންބަރުންނާއި ކައުންސިލަރުން މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ