މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހުރޭ ސަރުކާރެއް: ޝާހިދު މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހުރޭ ސަރުކާރެއް: ޝާހިދު

މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުން އެއީ ގައުމެއް ހިންގުން ކަމަށް މި ސަރުކާރަށް ނޭނގޭ ކަމަށާއި މި ސަރުކާރު ދަނީ ލާހޫރެމުން ކަމަށެވެ.
"ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯއެއް ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުން އެއީކަން ގައުމެއް ހިންގުމަކީ. ލާހޫރެނީ،" އޭނާ ވިދާޅުވި އެވެ.
ތިނަދޫ ސިޓީއަށް މި ސަރުކާރުންވީ ވައުދަށް އަލިއަޅުވާލައި ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ދައުރު ދެބައިވީއިރު އެ ސިޓީގައި އަޅާނެ ކަމަށް ބުނި ފްލޯޓިން އެއާޕޯޓު އޮތީ ކަނޑު އަޑީގައި ގަލުގައި އަޅާފައި ކަމަށެވެ.
"ތަރައްގީ މިއޮތީ ގަލުއަޅާފައި. ނިކަން ދެކެވަޑައިގަންނަވާ ހަމައެކަނި ތިނަދޫ ސިޓީއަށް ބަލާލަމާތޯ. ފްލޯޓިން އެއާޕޯޓު. ގަލުއަޅާފައި. ދެބައިކަނޑަށް ދުވެފައޭ މިހިރީ. ދައުރުގެ މެދުތެރެއާ ހަމައަށްދިޔައިރު އަދި ފްލޯޓްވާކަށް ނުފެށޭ. އަދި އެސޮރު އޮތީ އަޑީގައި. ތިޔަބުނާ ފްލޯޓިން އެއާޕޯޓެއް އަޑީގައި އޮތީ، ޝާޙިދު ވިދާޅުވި އެވެ.
"ގަލުއަޅާފަ އޭތި އޮތީ. އަދި ކިތަންމެ ވަރަށް އެއަށް ދެމިޔަސް މި ސޮރު، މި އެއާޕޯޓެއް މައްޗަށް އަރާ ފްލޯޓްވާނެ ޒަމާނެއް އެނގޭ މީހަކުވެސް މި އުޑު ބަޅުކުރެއްވި ހިސާބުގައި ނެތް."
މީގެއިތުރުން ކާޑެއްދޫ އާއި ތިނަދޫއާ ދޭތެރޭގައި އަޅަން ވައުދުވި ބްރިޖު ވީ ހިސާބެއް ވެސް ނޭނގޭ ކަމަށާއި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުވެސް އޮތީ ގަލުގައި އަޅާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގަމުން ނުދާ ކަމަށާއި އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ކޮވިޑުގެ ދަތި ދުވަސްވަރުވެސް ހުއްޓުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ދިޔައީ ކުރިއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ