ޕާކިންގ ބިލްޑިންގ އާއެކު، ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ހައްލުވާނެ: އަމީން

ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ބިލްޑިންގް ތަކާއިއެކު، މިހާރު ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުވެގެންދާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ފޭސް 1 ގައި، 1100 ޖާގައިގެ ޕާކިންގ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލޭ ފޭސް1ގައި ތަރައްޤީކުރާ މި ޕާކިން ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ. އެގޮތުން 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް 600އަށްވުރެ ގިނަ ޖާގައާއި 500އަށްވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނެއެވެ.
އަރޭފޭބުމަށް ރޭމްޕްގެ އިތުރުން ވެހިކަލް އެލެވޭޓަރ އެއްވެސް ހިމެނޭ މިއިމާރާތުގައި، ވެހިކަލް ޕާކިންގ ގެ އިތުރުން، އުޅަނދުތަކަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި އަދި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ