އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައިގައި ބައިވެރިވުމަށް އިތުރު 4،500 ސިފައިން އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވައިފި އެވެ.
ޖުމުލަ ތިން ފައުޖެއްގައި އެމެރިކާއިން ސިފައިން ފޮނުވާފައިވާއިރު ހަނގުރާމަ ފެށުނު ފަހުން ޖުމްލަ 7,000 އެއްހާ އިތުރު ސިފައިން ވަނީ މެދުއިރުމައްޗަށް ފޮނުވާފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 9,000 އަށްވުރެ ގިނަ ތަންތަނަށް ވަނީ ހަމަލާދީފަ އެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ 140 އަށްވުރެ ގިނަ ނޭވީ އުޅަނދު ވަނީ ހަލާކުކޮށްލާފަ އެވެ.
ނަމަވެސް، އީރާނުން ވެސް ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލަށާއި، ގަލްފުގެ ގައުމުތަކަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.
އެމެރިކާއިން މެދުއިރުމައްޗަށް އިތުރު 4،500 ސިފައިން ފޮނުވައިފި އެމެރިކާއިން މެދުއިރުމައްޗަށް އިތުރު 4،500 ސިފައިން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ