އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހު ބާއްވަން ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށެވެ.
ތުހުމަތުކުރެވެނީ، މި ދެ މީހުން ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ވަނަ ދުވަހު މަރާލާފައިވާ ކަމަށެވެ. އެގޮތުން:
ލަމްހާގެ މައްޗަށް ކޮށްފައިވަނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
މާވިންގެ މައްޗަށް ކުރަނީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާ
ތަފްސީލް - ހުލާސާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގައި ވަނީ ނިންމާލާފަ އެވެ. މައްސަލައިގެ ހުކްމް އިއްވުން އަންނަ މަހުގެ 12އަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
އެނގުން މުހިންމު - ޖަލު ބަންދުގައި މިވަގުތު ތިބި ދެ މީހުން ވެސް ދައުވާތަކަށް އިންކާރުކުރެ އެވެ. މާވިން މިފަހުން ވަނީ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފަ އެވެ.
ދައުލަތުގެ ދައުވާތަކުގައި ބުނެފައިވާ ގޮތުން:
19 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމުގައި ލަމްހާ އެހީތެރިވެދީފައިވޭ
މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވޭ
ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ
މޭރީ މަރު: ހުކުމް އިއްވުން އަންނަ މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ