އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުކުރާތާ 30 އަހަރު

އޮސްޓްރިއާގެ ގައުމީ އެއަރލައިން ކަމަށްވާ "އޮސްޓްރިއަން އެއާލިން" އިން ދިވެހިރާއްޖެއަށް ދަތުރުކުރާތާ 30 ފަހަރު ފުރުން ކުލަގަދަކޮށް ފަހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމަށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި، އޮސްޓްރިއަން އެއާލައިންސްއިން ދިވެހިރާއްޖެއިން ފުރި 324 ޕަސިންޖަރަކަށް ހަދިޔާ ދިނުމުގެ އިތުރުން، އެއާލައިން އިން ދިވެހިރާއްޖެއަށް މިއަދު އައި 328 ފަރާތަކަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ހަރަކާތަކީ، އޮސްޓްރިއަން އެއާލައިންސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރާކާތެއްކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ އިން ބުނެއެވެ.
އޮސްޓްރިއާ އަކީ، މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު، 12 ވަނައަށް އެއްމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ