ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ-އީއާރު ހުޅުވުމުގެ ރަސްމިއްޔާތަށް އެ ހޮސްޕިޓަލްގެ އޯޕީޑީގެ ގިނަ ހިދުމަތްތައް މެދުކަނޑާލުމުން އާންމުގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.
އޯޕީޑީގެ ގިނަ ހިދުމަތްތައް މެދުކަނޑާލީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ ހޮސްޕިޓަލް އޯޕީޑީގައި ބާއްވާތީ އެވެ.
އޯޕީޑީގައި މިއަދު ދެމުންގެންދަނީ އާންމު ބަލިތަކުގެ އެންމެ ޑޮކްޓަރެއްގެ ހިދުމަތްކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދިނެވެ. އޭގެ އޭގެ އިތުރުން ލެބޯޓަރީގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ލިބޭނެކަމަށް މައުލޫމާތުދިނެވެ. އެކްސްރޭގެ ހިދުމަތަކީ ބާ އިމާރާތުގައި ދޭ ހިދުމަތެކެވެ.
އޯޕީޑީގެ ހިދުމަތް މެދުކަނޑާލުމުން އާންމުގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި އެކަމުގެ ނުހުރުންފާޅުކުރަމުންނެވެ. އެގޮތުން ކޭއޯއާ ވާހަކަދެއްކި ބައެއް މީހުން ބުނީ، މިފަދަ މުހިންމު އަސާސީ ހިދުމަތެއް ދެމުންގެންދާ ތަންތަނުގައި ހިދުމަތްތަކަށް ބުރޫއަރާ ގޮތަށް ،ސިޔާސީ' ޖަލްސާތައް ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިރަށުގައި ޖަލްސާ ބާއްވާނެ ތަންތަން ނެތީތަ؟ އަދި އަލަށް ތަ މިރަށަށް ވެރިޔަކު މިއައީ. މިއީ ހަގީގަތުގައިވެސް ވަރަށް ދެރަވަރު ކަންކަން." ކޭއޯއަށް ފޯނުން ގުޅާ ޝަކުވާކުރި ރައްޔިތަކުން ބުންޏެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާއިރު ބޮޑުތިލަދުންމަތީގެ ރައްޔިތުން ޑޮކްޓަރަށް ދެއްކުން މަހްރޫމްކޮށް އެތަނުގެ ޖަލްސާ ބޭއްވުމަކީ ބަލައިގަނެވޭނެ އަދި ކޮށްގެންވާނެ ކަމެއް ނޫންކަމެއްކަމަށް އާންމު ލިޔެފައިވެ އެވެ.
މެޑަލް ސާޖިދާ ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާގައި ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ސީއީއޯ ނާޒިމާ އަދި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެ މެންބަރު ބައިވެރިވެވަޑައިގެންނެވި އެވެ.
އޯޕީޑީގެ ގިނަ ހިދުމަތްތައް މެދުކަނޑާލައި އެތަނުގައި ޖަލްސާ ބޭއްވުމުން ގިނަ ބަޔަކު ނުރުހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ