ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާއެކު ރައީސް މުހައްމަދު މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
ރައީސް މުއިއްޒުއާއެކު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމަށް ތުހުމަތު ކުރަނީ ރައީސް އޮފީހުގައި މިދިޔަ އަހަރު މަސައްކަތް ކުރި މުވައްޒަފަކު އަދަދު އަށް ދިން އިންޓަވިއުއެއްގަ އެވެ.
ރައީސް މުއިއްޒު އާއި އޭނާއާ ދެމެދު މެސެޖު ބަދަލުކޮށްފައިވާ ޗެޓު ލޮގު މި ނޫހަށް ވަނީ ފެނިފަ އެވެ. އޮފީހުގެ ރަސްމީ ވަގުތުން ބޭރުން ރައީސް އޭނާއަށް މެސެޖު ކުރައްވާފައިވާކަން އޭގެން ހާމަވެ އެވެ. އަދި އޭނާއަށް ރައީސް ފޮނުވާފައި ވަނީ ވަކި ގަޑިއެއްގެ ތެރޭގައި އަމިއްލައަށް ފުހުވޭ ވައްތަރުގެ މެސެޖެ އެވެ.
އޭނާ ތުހުމަތު ކުރާ ފަދަ ގުޅުމެއް ރައީސް ހިންގެވިތޯ މި ނޫހުން އެހުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން މުޅިން ދޮގު ކުރައްވައިފަ އެވެ.
"ތިޔަ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް،" މި ނޫހުގެ ނޫސްވެރިޔަކަށް ފޮނުވި މެސެޖެއްގައި ހީނާ ވިދާޅުވި އެވެ.
މި ނޫހަށް ދިން އިންޓަވިއުގައި ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފު ވަނީ އޭނާ ރައީސް މުއިއްޒާއެކު ބޭއްވި ކަމަށް ބުނާ ގުޅުން ވަރަށް ތަފުސީލުކޮށްދީފަ އެވެ.
އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކައި ރޭ ގެނެސްދީފައިވާ މި ވީޑިއޯގައި މުއިއްޒުގެ މައްޗަށް ތުހުމަތުކުރާ މުވައްޒަފުގެ އަސްލު ނަން ވަނީ ސިއްރުކޮށްފަ އެވެ.
"އަޅުގަނޑާ މުއިއްޒުއާ ދެމީހުން ހަމަ ސެކްސް ވެސް ކުރިން. ތިން ފަހަރު. ދެން އެހެން ފަހަރުފަހަރު ދެން އެހެން ހުރިހާ ކަމެއް ވި،" އޭނާ ބުންޏެވެ.
"ރައީސްގެ ކެބިން ތެރޭގަ އިންނާނެ ދެ ސޯފާ. އެލްއެއް ގޮތަށް. ހުންނައިރުގަ މިހެން ދިގުކޮށް ހުންނަ ސޯފާގައި އަޅުގަނޑާ ރައީސްއާ ދެމީހުން އެންމެ ގިނައިން ފިސިކަލްކޮށް [އުޅުނީ]. ދެން ރައީސްގެ މެއިން ޓޭބަލް، ވަށްކޮށް ހުންނަ ޓޭބަލް. ދެން އެ ޓޭބަލް މަތީގައި އަޅުގަނޑު ރައީސްއާއެކު ފިސިކަލްކޮށް އުޅުނީ."
ރައީސް އޮފީހުގެ މުވައްޒަފަކާއެކު ކައިވެނިން ބޭރުން ރައީސް މުއިއްޒު ގުޅުމެއް ބޭއްވިކަމުގެ ތުހުމަތު ހީނާ ދޮގު ކުރައްވައިފި ރައީސް އޮފީހުގެ މުވައްޒަފަކާއެކު ކައިވެނިން ބޭރުން ރައީސް މުއިއްޒު ގުޅުމެއް ބޭއްވިކަމުގެ ތުހުމަތު ހީނާ ދޮގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ