ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސަބުނަމްހައުސް / ލ.މާބައިދޫ، ހުސައިން ޝަހްބާން (29އ)އެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ 5 ދުވަހަށެވެ.
އިއްޔެ އޭނާގެ ބަންދު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގެ މުއްދަތު 30 ދުވަހަށް ދީފައެވެ. ކޯޓުން ނެރުނު އަމުރުގައި ވަނީ ޝަހްބާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އޭނާ ބަންދުން ދޫކޮށްލާފައި ބަހައްޓައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ
ރައްޔިތުން ރައީސަކު އިންތިހާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރުމަށް: ރައީސް ފިޔޯރީގައި މީހަކު ގެނބިގެން މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރި ފުލުހުން އުފެއްދުން: ރައީސް ސޯޝަލް މީޑިއާ ބ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ