ރައީސް އޮފީހުގެ މުވައްޒަފަކާއެކު ރައީސް މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު އަމާޒުވެއްޖެ ރައީސް އޮފީހުގެ މުވައްޒަފަކާއެކު ރައީސް މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު އަމާޒުވެއްޖެ

ރައީސް އޮފީހުގެ މުވައްޒަފަކާއެކު ކައިވެނިން ބޭރުން ރައީސް މުހައްމަދު މުއިއްޒު ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިދިޔަ އަހަރު މަސައްކަތް ކުރި އެ މުވައްޒަފު އަދަދު އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އުޅުނީ ލޯބީގެ ގޮތުން މުއިއްޒުއާ ގުޅިގެން ކަމަށާއި ކައިވެނިން ބޭރުން ގުޅުމެއް ވެސް ހިންގާފައިވާނެ ކަމަށެވެ.
އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކުން ރޭ ގެނެސްދިން ވީޑިއޯގައި އެ މުވައްޒަފުގެ އަސްލު ނަން ވަނީ ސިއްރުކޮށްފަ އެވެ.
"އަޅުގަނޑާ މުއިއްޒުއާ ދެމީހުން ހަމަ ސެކްސް ވެސް ކުރިން. ތިން ފަހަރު. ދެން އެހެން ފަހަރުފަހަރު ދެން އެހެން ހުރިހާ ކަމެއް ވި،" އޭނާ ބުންޏެވެ.
"ރައީސްގެ ކެބިން ތެރޭގަ އިންނާނެ ދެ ސޯފާ. އެލްއެއް ގޮތަށް. ހުންނައިރުގަ މިހެން ދިގުކޮށް ހުންނަ ސޯފާގައި އަޅުގަނޑާ ރައީސްއާ ދެމީހުން އެންމެ ގިނައިން ފިސިކަލްކޮށް [އުޅުނީ]. ދެން ރައީސްގެ މެއިން ޓޭބަލް، ވަށްކޮށް ހުންނަ ޓޭބަލް. ދެން އެ ޓޭބަލް މަތީގައި އަޅުގަނޑު ރައީސްއާއެކު ފިސިކަލްކޮށް އުޅުނީ."
ރައީސް މުއިއްޒު އާއި އޭނާއާ ދެމެދު މެސެޖު ބަދަލުކޮށްފައިވާ ޗެޓު ލޮގު މި ނޫހަށް ވަނީ ފެނިފަ އެވެ. އޮފީހުގެ ރަސްމީ ވަގުތުން ބޭރުން ރައީސް އޭނާއަށް މެސެޖު ކުރައްވާފައިވާކަން އޭގެން ހާމަވެ އެވެ. އަދި އޭނާއަށް ރައީސް ފޮނުވާފައި ވަނީ ވަކި ގަޑިއެއްގެ ތެރޭގައި އަމިއްލައަށް ފުހުވޭ ވައްތަރުގެ މެސެޖެ އެވެ.
އެ އަންހެން މީހާގެ މި ތުހުމަތާ ގުޅޭ ގޮތުން ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދުއާ ސުވާލުކުރުމުން ވަނީ އެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.
"ތިޔަ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް،" މި ނޫހުގެ ނޫސްވެރިޔަކަށް ފޮނުވި މެސެޖެއްގައި ހީނާ ވިދާޅުވި އެވެ.
އެ ތުހުމަތާ ގުޅޭ ގޮތުން މުއިއްޒުއާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
މި ނޫހަށް އިންޓަވިއު ދިން މީހާއަކީ، މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުރި މުވައްޒަފެކެވެ. އޭނާ އެ އޮފީހުގައި ވަޒީފާ އަދާކުރީ ހަފުތާއެއްހާ ދުވަހު އެވެ.
ޖެނުއަރީ 13، 2025، ގައި މުއިއްޒު ވަނީ ރައީސް އޮފީހުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކި ކުރުމަށްފަހު ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ވަޒީފާއަށް ބަދަލުކޮށްފަ އެވެ. އަދި، އޭގެފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އޭނާ ބަދަލުކުރި އެވެ.
އެ އަންހެން މީހާއަކީ މި ވަގުތު ސަރުކާރުގެ އެއްވެސް މަގާމެއްގައި ނުވަތަ ވަޒީފާއެއްގައި ހުރި މީހެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ