ކޯޕަރޭޝަންގެ ރަމަޟާން ޢުމްރާ ގްރޫޕްގެ ފަހު ފްލައިޓު ރާއްޖެއަށް

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މުޅި ރަމަޟާން މަހު ޢުމްރާއަށް އައިސްފައިވާ ހުރިހާ ޢުމްރާވެރިން ރާއްޖެއަށް ގޮސްފިއެވެ. ރަމަޟާން މަހު ޢުމްރާއަށް 200 އަށްވުރެ ގިނަ ޢުމްރާވެރިންވަނީ މައްކާއަށް އައިސްފައެވެ. މިގްރޫޕްގެ ފަހު ފްލައިޓުގައި 24 ޢުމްރާވެރިންވަނީ ރާއްޖެއަށް ގޮސްފައެވެ. މިފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ހެނދުނު 7 ޖަހާކަންހާއިރުއެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް އައި ޢުމްރާވެރިންގެ ތެރެއިން ރަމަޟާން މަހު ޢުމްރާއަށް އައިސްފައިވާ ހުރިހާ ޢުމްރާވެރިން ރާއްޖެއަށް ގޮސްފިއެވެ. މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް ކޯޕަރޭޝަންގެ ހަވާލުގައި 230 ޢުމްރާވެރިންވަނީ އައިސްފައެވެ. ހުކުރު ދުވަހުގެ ރޭ ހުރިހާ ޢުމްރާވެރިންވަނީ ފުރާފައެވެ.
ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް އައިސްފައިވާ ޢުމްރާވެރިންގެ ތެރެއިން މިވަގުތު މައްކާގައި ތިބީ ރަމަޟާން މަހުގެ ފަހު 15 ގައި އައިސްފައިވާ 300 އެއްހާ ޢުމްރާވެރިންނާއި ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާދެއްކުމަށްފަހު ފައިސާއަށް އެގްރޫޕުން ޙިޔާނާތްތެރިވި މައްސަލައިގައި ކޯޕަރޭޝަންގެ އެހީގައި ޢުމްރާވުމަށް އައިސްފައިވާ ޢުމްރާވެރިންގެ ތެރެއިން ބައެއް ފަރާތްތަކެވެ. ފަހު 15 ގެ ހުރިހާ ޢުމްރާވެރިން 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު ކޯޕަރޭޝަންގެ އެހީގައި ޢުމްރާވުމަށް އައިސްފައިވާ ފަރާތްތައް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު 600 އަށްވުރެ ގިނަ ޢުމްރާވެރިންވަނީ މައްކާއަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ