މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހަމަޖައްސައިފިއެވެ.
އެ މަގާމަށް ގާސިމް އިންތިހާ ބުކޮށްފައި ވަނީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ މަގާމަށް ގާސިމްގެ ނަން ހުށަހަޅުއްވާފައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެެވެ. އަދި އެ ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފައެވެ.
އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް ޝުޖާއު ވަނީ ސަލީމްގެ ނަން ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުމަށް ގާސިމް ވަނީ ތާއީދު ކުރައްވާފައެވެ.
އެ ދެ މަގާމަށް އެ ދެ ބޭފުޅުން އިންތިހާބުވެ ވަޑައިގެންފައި ވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 16 މެންބަރުން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އަދަދު 11 އަށް ބަދަލުކޮށް ވަނީ ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ