ގާނޫނަށް ބޯނުލަނބާ މީހަކަށް ދެވަނަ ދައުރެއް ދޭން ވޯޓު ލުމަކީ ޖަރީމާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ "ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ޤައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް" މިނަމުގައި ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެމީހަކަށް އެނގޭނީ އެމީހަކު ކަންކުރަންޖެހޭގޮތް. ބޮޑު ޕާޓީއަކަށް ކުޑަ ޕާޓީއަކަށް ނޫން ބަލަންވީ. އެންެމެ ރަނގަޅު ކެންޑިޑޭޓަކަަށް ބަލާނީ. އެގޮތް ބަލާނީ މާޒީގައި ކަންކޮށްފައިވާގޮތުގެ މައްޗަށް. ނުފޫޒާއި ބާރުވެރިކަން ފޯރުވަން އުޅޭނަމަ އެކަން ކުރާކަށް ނުޖެހޭނެ. އަދި ގާނޫނު އަސާސީ އާއި ގާނޫނަށް ބޯނުލަނބާ މީހަކަށް ދެވަނަ ދައުރެއް ދޭން ވޯޓު ލުމަކީ ޖަރީމާއެއް." ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައި ޕާޓީގެ މެނިފެސްޓޯވެސް މިހާރު އާއްމުކޮށްފައެވެ.
ގާނޫނަށް ބޯނުލަނބާ މީހަކަށް ދެވަނަ ދައުރެއް ދޭން ވޯޓު ލުމަކީ ޖަރީމާއެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ