ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށް ޑރ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިހެން ވިދާޅުވީ
އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
އަނާރާ ވިދާޅުވީ ނިޤާބު
އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ ކަމަށާއި، އަޅާ ހެދުމެއްގެ ސަބަބުން
ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ޤާނޫނު
އަސާސީގައިވެސް ވަނީ އަޅާ ހެދުމަކުން ތަފާތުކުރެވިގެން ނުވާނެކަމަށެވެ.
Advertisement
ޑރ އަނާރާ މިފަދައިން
ޓްވީޓެއް ކުރައްވާފައި މިވަނީ ޢަރަބިއްޔާ ސްކޫލްގައި ކިޔަވާ އަންހެން ދަރިވަރުން ތަކެއް
ނިޤާބު އެޅުން މަނާކޮށް ނިޤާބު އަޅައިގެން ސްކޫލަށް އައުން މަނާކޮށްފައިވާ
ދަނޑިވަޅެއްގައެވެ.
ނިޤާބު އަޅައިގެން
ސްކޫލަށް ހާޒިރުވާ ދަރިވަރުން އެދަރިވަރުންގެ ބެލެނިވެރިންނާއި އެކު ސްކޫލަށް
ހާޒިރުވުމަށް އިއްޔެ އެންގުމުން ބެލެނިވެރިން އިއްޔެ ސްކޫލަށް ހާޒިރުވެފައި ވަނީ
ޤާނޫނީ ވަކީލުންނާއި އެކުއެވެ.
ވަކީލުންނާއި އެކު ބެލެނިވެރިން
ސްކޫލަށް ހާޒިރުވުމުން ސްކޫލްގެ މެނޭޖްމަންޓުން ވަނީ ވަކީލުންނާއި އެކު ބައްދަލު
ނުކުރާނެ ކަމަށް ބުނެފައެވެ. އަދި މެނޭޖްމަންޓުން އަންގަން ބޭނުންވާ އެއްޗެއް
އަންގާނެކަމަށް ވަނީ ބުނެފައެވެ.
ޢަރަބިއްޔާގެ
ބެލެނިވެރިން ވަނީ ނިޤާބު އަޅައިގެން ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ ހައްޤުތައް
ކަށަވަރުކުރުމަށް ކޯޓަށް މައްސަލަ ހުށައެޅުމަށް ނިންމައިފައެވެ.
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ހައްޤު ލިބެންވާނެ: އަނާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ