ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގެވެ. މި ބިލު މިއަދު ތަޅުމުން ފާސްކޮށްފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން، ދައުލަތުގެ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަންޖެހޭ ގޮތަށް ލާޒިމުކޮށް، ދުންފަތް މަނާކުރުމުގެ "ޖެނެރޭޝަން ބޭން" ގެނައުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ގެންނާނީ ޖެނުއަރީ 01، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި އަދި އުފަންވަމުންދާ ކުދިންނަށް ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޝްރަގެވެ. މި ބިލު މިއަދު ތަޅުމުން ފާސްކޮށްފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.ބިލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަދި ދުންފަތުގެ ބާވަތެއް ގަންނަ މީހާގެ އުމުރު ހަމަނުވާކަމަށް ޝައްކު ކުރެވޭނެމަ، އެ މީހެއްގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.މީގެއިތުރުން، މި ބިލު މެދުވެރިކޮށް، ސަރުކާރުން މިހާރު ވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ އާއި އެހެނިހެން އާލާތްތައް ވެސް މަނާކޮށްފަ އެވެ. އޭގެ މާނައަކީ، ރޯލްޑް ޓޮބޭކޯ ނުވަތަ ސިނގިރޭޓު އޮޅަން ބޭނުންކުރާ އާލާތްތައް ވެސް މި ބިލު ގާނޫނަކަށް ވުމުން މަނާވާނެ ކަމެވެ.މި ބިލަށް އަމަލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ، އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
2007ގެ ޖީލުން ފެށިގެން ދުންފަތް މަނާކުރާ އިސްލާހު މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ