ނަބީލް ދޫކޮށްލުމުން މެމްބަރު ސަނީފް ކަންބޮޑުވުން ފާޅުކުރައްވައިފި

ސޯޝަލް މީޑިއާގައި އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް ފޮޓޯއާއި ވީޑިއޯ އާންމުކުރި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީސް ބަންދުން ދޫކޮށްލުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ފާޅުކަންބޮޑުގޮތެއްގައި މީސްމީޑިއާގައި ބަރަހަނާ ވީޑއޯ އާންމުކޮށް އަންހެން ހެދުން އަޅައިގެން އުޅެމުން ދިޔައިރުވެސް އޭނާ ހައްޔަރުކޮށްފައި ނުވާތީ ފުލުހުންނާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ.
ނަމަވެސް، ހައްޔަރުކުރިތާ 24 ގަޑިއިރު ނުވަނީސް ބުރާސްފަތި ދުވަހުގެ ހެދުނު އޭނާ ބަނދުން ދޫކޮށްލާފައިވާއިރު، ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަން ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތްކަމަށެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު ސަނީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހުކުމް އިއްވެ ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ރައްޔިތުން ބަލަންޖެހޭކަމަށެވެ.
މީގެކުރިންވެސް އޭނާ ހައްޔަރުކޮށްފައިވާއިރު، އެފަހަރު އޭނާ ދޫކޮށްލާފައިވަނީ 2 މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓުނުކުރުމަށް ޝަރުތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ