ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްޓަކައި، ބައިނަލްއަޤްވާމީ ވަކީލުންނާއި އެކްސްޕާޓުންނާ އެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
"ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މިހާރު ބައެއް ޤާނޫނީ، އިންޓަނޭޝަނަލް ބައެއް ލޯޔަރސް އާއި ބައެއް އެކްސްޕާޓުންނާއި މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ. އަޅުގަނޑު މިވާހަކަ ދައްކާއިރުވެސް އެމަސައްކަތް ކުރިއަށްދޭ،" ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މައްސަލަ އަލުން ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކާމިޔާބު ކުރުމަކީ މިހާރު އުނދަގޫ ކަމެއް ނަމަވެސް، ރާއްޖޭގެ ހައްގުތައް ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ