މިދުވަސްވަރު އެކި ފަރާތްތަކުން ބޭންކް އެކައުންޓްތައް ކުއްޔަށްހިފަން ކަމަށްބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި، ތިމާ ނޫން އެހެން ފަރާތްތަކަށް ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ޖިނާއީ ދައުވާ އުފުލިދާނެ ކަމެއްކަމަށް ފުލުހުން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ، އެކި ނަންނަމުގައި އެކި އަދަދުތަކަށް ފައިސާ ދޭނެކަމަށް ބުނެ ބޭންކް އެކައުންޓްތައް ކުއްޔަށް ނެގުން އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފަސޭހައިން ރުފިޔާ ހޯދޭނެގޮތެއް ކަމަށް ބުނެ، ބޭންކް އެކައުންޓްތައް ހޯދުމަށް އެދި އިޝްތިހާރުކުރާ މިންވަރު އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އެފަދަ ކަންކަމަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި، އަދި އެ ކަމުގެ ސަބަބުން، ޖިނާއީ ދައުވާ އުފުލި، ބޭންކިން ޚިދުމަތްތަކުން މަހުރޫމުވުމުގެ ފުރުސަތު އޮންނަކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ބޭންކް އެކައުންޓްތައް ކުއްޔަށްދޭނަމަ ޖިނާއީ ދައުވާ އުފުލިދާނެ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ