ކައުންސިލް އިންތިޚާބު: ތިމަރަފުށީ ވޯޓު ބާތިލުކޮށްދޭން އެދެފި
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ތިމަރަފުށީ ކައުންސިލްގެ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް، އެ އިންތިޚާބު އަލުން ބާއްވައިދޭން ނުވަތަ، މައްސަލަ ދިމާވި، އަމީނިއްޔާ ސްކޫލުގައި ހުރި ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދުގެ ފަރާތުން ހައިކޯޓުގައި އެދެފިއެވެ. އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ތިމަރަފުށީގެ ރަސްމީ ނަތީޖާއިން ދައްކާ ގޮތުން، ތިމަރަފުށީ ކައުންސިލްގެ، ކައުންސިލް ދެ މެންބަރުންގެ ގޮނޑި ކާމިޔާބު ކުރީ އަޙްމަދު ޔާމީން (ޔާންޓޭ) އަދި ޢަލީ ޝާހެވެ. ޔާމީނަކީ ޕީއެންސީގެ ކެންޑިޑޭޓެވެ. އަދި ޝާހަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ. މައްސަލަ ހުށަހެޅީ، އެ އިންތިޚާބުން ބަލިވި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ޢިމާދު (އިމައްޑޭ) އެވެ. https://sun.mv/220973 މި މައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހު ހައިކޯޓުގައި ވަނީ ފަށައިފައެވެ. މި ކޭސްގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައެވެ. މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ހުސެއިން މަޒީދު އަހްމަދު އަދި އަބްދުލްމާނިއު ހުސެއިނެވެ. މިއަދު އޮތް މި މައްސަލައިގެ އަޑު އެހުމުގައި ދައުވާ ކުރާ އިމާދުގެ ވަކީލުންގެ ފަރާތުން ވަނީ ވޯޓުލީ މަރުކަޒުގައި އެންމެންގެ ހާޒިރުގައި އިލެކްޝަނުން އިއުލާން ކުރި ނަތީޖާއާއި ފަހުން އިއުލާން ކުރި ނަތީޖާގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. މި ދައުވާގެ ޖަވާބުގައި އިލެކްޝަނުން ވަނީ، ވޯޓު ގުނާ މަރުކަޒުގައި އެންމެންގެ ހާޒިރުގައި އިއުލާން ކުރި ނަތީޖާއާއި ފަހުން އިއުލާން ކުރި ނަތީޖާގެ ބޮޑު ފަރަގެއް އޮތީ، ނަތީޖާ ޝީޓުތަކުން އެއް ކަރުދާސް ނުހިމަނައި ނަތީޖާ ހެދުމުން ކަމަށެވެ. އަދި އެ ނަތީޖާ ޝީޓު ހިމެނުމުން، ނަތީޖާ ރަނގަޅަށް ދިމާވާ ކަމަށް އިލެކްޝަނުން ބުންޏެވެ. މި މައްސަލައިގައި ދައުވާ ކުރި ފަރާތުން އެދިފައި ވަނީ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮށީގެ ނަތީޖާ ބާތިލުކޮށްދިނުމަށް ނުވަތަ އަލުން ގުނުމަށް އަމުރުކޮށްދިނުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ތިމަރަފުށީ ކައުންސިލްގެ ރައީސްގެ ވޯޓުން އިމާދު ބަލިވެފައި ވަނީ އެންމެ ދެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ