ދިވެހި ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ މަހު ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕީޗު ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރެޕިސްޓުން އަދި ސައިކޯ ތެރަޕިސްޓުން ހިމެނޭހެން 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެއްޓެވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ މަޝްރޫއު ފަށަނީ އަންނަ މަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހުން ފެށިގެން އާންމުކުރާނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށް ރައީސް މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވެ އެވެ.
ދިވެހި ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ މަހު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ