އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން އިއްޔެ ކުރި އިއުލާންގައި ވާގޮތުން، ޝަކުވާ ހުށަހަޅަން ހުޅުވާލީ، ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށެވެ.
ތަފްސީލް - ޝަކުވާ ހުށައެޅުމަށް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ. އެގޮތުން:
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ، މިމަހުގެ 27ވާ ބުދަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމަޔަށް
ޝަކުވާ ހުށަހެޅޭނީ ގޫގުލް ފޯމް މެދުވެރިކޮށް
ކުރިން ހުށައަޅާފައިނުވާ އާ ޝަކުވާ މިފުރުސަތުގައި ބަލައެއް ނުގަންނާނެ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ވާދަވެރިކަން ބޮޑު މި އެތެރޭގެ އިންތިހާބުގެ ވޯޓުލުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 12ގަ އެވެ.
އެމްޑީޕީ ޗެއާޕާސަންގެ ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ދެ ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ