އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވާނީ ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރިނުކުރުމަށް މިނިސްޓަރު އިހުސާން އިލްތިމާސް ކުރައްވައިފި ޝެއިހް ނިޝާންގެ ތުހުމަތުތަކަށް މިނިސްޓަރު ޝަހީމް ރައްދު ދެއްވައިފި ރައީސް މުއިއްޒު ނުރަސްމ

ފިތުނަ ފަސާދަ އުފައްދައިގެން ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ބައިބައި ނުކުރެވޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކީގައި ސާބިތުކަމާއެކު ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީގެ ސެނެޓަށް ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވި ކަމެއް ފާސްނުވެ ބޭރުކޮށްލާފައިވާ ކަމަށް ބުނެ “އަދަދު” ނޫހުން ފެތުރި ހަބަރަކާ ގުޅިގެން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބްދުއްރަހީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ބުރަދަނެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.
“އަދަދު” ނޫހުގެ ޚަބަރުގައި ބުނެފައިވަނީ، ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށް ރައީސް މުއިއްޒު ސެނެޓަށް ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަޣުލަބިއްޔަތުން އެކަން ފާސްނުކޮށް ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި ސެނެޓުން ނިންމީ އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ކަމަށްވެސް އެ ނޫހުގައި ލިޔެފައިވެއެވެ.
ނަމަވެސް، ޕީއެންސީގެ އިސް ބޭފުޅުން ވަނީ މި ހަބަރު ދޮގުކުރައްވާފައެވެ. މިގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ “އަދަދު” ނޫހަށް ދޮގު މައުލޫމާތުދީގެން ބަޔަކު އެ ނޫހަށް “ލަނޑެއް” ދިނީ ކަމަށެވެ. އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝުޖާއުވެސް ވަނީ ފިތުނަ އުފެއްދުމަށް ނޫސްވެރިން ކުރާ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ