ފުޓްބޯޅައިގެ އަލިމަސް އުފާ ސަރަހައްދީ ބޮޑު ވާދަކުރުމަކަށް، ރާއްޖެ ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށުން ބަލަނީ ރަސްމީ ފުޓްބޯޅައިގެ ވެސް ފެށުން ކަމަށެވެ. ފުރަތަމަ ގައުމީ ފުޓްބޯޅަ މުބާރާތް ބޭއްވިތާ މިދިއަ އަހަރު ވަނީ 75 އަހަރު ފުރިފަ އެވެ. ރާއްޖޭގައި ބަލާ ގޮތުން ނަމަ އެއީ އަލިމަސް ޖުބުލީ އެވެ.
ދިވެހި ފުޓްބޯޅައިގެ އަލިމަސް ޖުބުލީގެ އުފާވެރިކަން ފާހަގަކުރަން އެފްއޭއެމުން ރޭވީ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެކެވެ. އަންނަ މަހު 1-10އަށް ގަލޮޅު ދަނޑުގައި ކުޅޭ މި މުބާރާތުގައ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްގާނިސްތާން ވެސް ބައިވެރިވެ އެވެ.
ކުރިން އުޅުނީ ނެޕާލާއި ސްރީ ލަންކާ ގެންނާށެވެ. އެކަމަކު އެ ދެ ގައުމުގެ ގައުމީ ޓީމު އެކުލަވާލަން ދިމާވި ދަތިތަކާ ހުރެ އޭގެ ބަދަލުގައި ދައުވަތު ދިނީ އަފްގާނިސްތާން އާއި ޕާކިސްތާނަށެވެ.
މުބާރާތުގެ ގުުރު އިއްޔެ ނެގި އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ ހޯމަދުވަހުގެ ރޭ ވާދަކުރާނީ އަފްގާނިސްތާނާ އެވެ.
1 ޖޫންގެ ދެ މެޗު
ހަވީރު 4:00
ޕާކިސްތާން - ބަންގްލަދޭޝް
ރޭގަނޑު 9:00
ރާއްޖެ - އަފްގާނިސްތާން
4 ޖޫންގެ ދެ މެޗު
ހަވީރު 4:00
ރާއްޖެ - ޕާކިސްތާން
ރޭގަނޑު 9:00
އަފްގާނިސްތާން - ބަންގްލަދޭޝް
7 ޖޫންގެ މެޗުތައް
ހަވީރު 4:00
އަފްގާނިސްތާން - ޕާކިސްތާން
ރޭގަނޑު 9:00
ރާއްޖެ - ބަންގްލަދޭޝް
10 ޖޫން ފައިނަލް
ރޭގަނޑު 9:00
ހަތަރު ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު
މި މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމަކަށް ވެސް ތިން މެޗު ކުޅެން ޖެހޭނެ އެވެ. ފައިނަލުން ފުރުސަތު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ބައިނަލްއަގުވާމީ މުބާރާތެއް އެންމެ ފަހުން މާލޭގައި ބޭއްވީ 2021ގެ ސާފް ޗެމްޕިއަންޝިޕެވެ. އެހެންކަމުން އަލިމަސް ޖުބުލީގެ އުފަލުގައި ބާއްވާ މި މުބާރާތުގެ ފޯރި ގަދަވެ، ގައުމީ ޓީމުގެ ސަޕޯޓަރުން ގަލޮޅު ދަނޑު ގުގުމާލާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ