ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށެވެ. މޫސުން ގޯސްވެފައި މިވަނީ ފިތުރު އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއްގައި ކަމަށްވުމުން، ގިނަ ބަޔަކު އީދު ފާހަގަކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަމުންދާ ދުވަސްވަރެއްގައެވެ.
ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ