ބަނގުރާ ވިއްކައި ވިޔަފާރިކުރާ ދެ ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓް ކޮށްލަން ހަވާލުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ދެ މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ބިލާލް މިއާ (34އ) އާއި އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20އ) އެެވެ. މި ދެ މީހުންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން، 22 ފުޅި ބަނގުރާ ފެނުމުން ކަމަށެވެ.
އަދި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެ މީހުން ވެސް ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ