ފިތުނަފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި، އެ ޕާޓީގެ އެއްމެހާ މެމްބަރުން ތިއްބެވީ އެ ޕާޓީގެ ރައީސް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއިކު ސާބިތުވެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
"އަދަދު" ނޫހުން ގެނެސްދިން ޚަބަރެއްގައި ޕީއެންސީގެ މެމްބަރުންގެ މަޖިލީހުން ރައީސް މުއިއްޒުގެ އެދިލެއްވުމެއް ފާސްކުރަން ދެކޮޅުހެދި ކަމަށް ބުނާ ޚަބަރެއް ދޮގުކުރައްވާ އަބްދުއްރަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މެމްބަރުންގެ މަޖިލިހުން ވަކި ގޮތެއް ނިންމަން ރިޔާސަތުގައި އިންނެވި ރައީސް ޑރ. މުއިއްޒު ހުށަނާޅުއްވާ ކަމަށާއި، އެޕާޓީ އަކީ ފިތުނަފަސާދަ އުފައްދައިގެން ބައިބައިކުރެވޭނެ ޕާޓީއެއް ނޫންކަމަށެވެ.
"ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް. ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުއިއްޒާއެކު ސާބިތުވެ." އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އަބްދުއްރަހީމްގެ އިތުރުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުވެސް ވަނީ މި ޚަބަރަކީ ހަގީގަތާއި ޚިލާފު ދޮގު ޚަބަރެއްކަމަށް ވިދާޅުވެފައިއެވެ. އައްބުދއްރަހީމް އާއި ފަލާހު އާއި ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ޕީއެންސީ އަކީ ޑިމޮކްރެސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށާއި، އެޕާޓީ އަކީ މަޝްވަރާކޮށްގެން ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ.
ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ