ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވެފައިވާ ވިސާ އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް، 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވަޒީރު އިރުތިޝާމް ވިދާޅުވީ، ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ޖޭ ފޯ، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ، ދެ ގައުމުގެ ގުޅުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި ބަދަހި އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ތާރީހީ ކުރިއެރުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި އެ ދާއިރާގެ އިންވެސްޓްމަންޓްތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ރީތި ޖަޒީރާ ރަށްތަކާއި ގުދުރަތީ ރީތިކަން ތަޖުރިބާކުރުމަށް ދިވެހިންނަށާއި ސީޝެލްސްގެ ރައްޔިތުންނަށް މީގެ ސަބަބުން އިތުރު ހިތްވަރަކަށް ވެގެންދާނެއެވެ.
ވިސާއާ ނުލައި 30 ދުވަހަށް ސީޝެލްސްގައި ހުރެވޭނެ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ