މާލެ އާއި ހުޅުމާލެއިން އެއްކޮށް، ދާދި ދެންމެއަކު، ކަރަންޓް ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ10 ވަރަކަށް މިނިޓް ކުރިން މުޅި މާލެ ސަރަހަައްދުން ކަރަންޓް ދިޔައީ ކީއްވެގެން ކަމެއް ސްޓެލްކޯއިން އަދި ނުބުނެ އެވެ.
ތަފްސީލް - ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުން މިގޮތަށް އެއްފަހަރާ ކަރަންޓް ކެނޑުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އެނގިފައިވާ ގޮތުގައި މާލެ ސަރަހައްދުގެ ތެރެއިން މި ވަގުތު ކަރަންޓް ހުރީ ވިލިމާލޭގައި އެކަންޏެވެ.
މި ބޮޑު ބްލެކްއައުޓާ ބެހޭ ގޮތުން ސްޓެލްކޯއިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
މާލެ އާއި ހުޅުމާލެއިން އެކުގައި ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ