ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބުން ސަރުކާރު ބަލިވުމާއެކު ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަބްދުالله ނާޒިމްއަށް އަނެއްކާ ވެސް މިނިސްޓަރުން ފެންވަރުގެ މަގާމެއް ދީފި އެވެ.
ސެޕްޓެމްބަރު 30، 2024 ގައި ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރުމުގެ ކުރިން ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގަ އެވެ.
ހެލްތު މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވީ އެޕްރީލް 14، 2026 ގަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި މިނިސްޓަރުން ފެންވަރުގައި އޭނާ އައްޔަނުކޮށްފައި ވަނީ އެ އޮފީހުގެ ޕޮލިސީ އެންޑް މެނިފެސްޓޯ ސެކްރެޓަރީގެ މަގާމަށެވެ.
ނާޒިމްގެ ހެލްތު މިނިސްޓަރުކަމުގައި ވެސް ސިއްހީ ދާއިރާގެ ބޮޑު މައްސަލަތަކަށް ހައްލު ހޯދައިދެވިފައި ނުވެ އެވެ. އޭނާ ހަވާލުވިއިރު ވެސް ބޭހުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތްއިރު އަދިވެސް ރާއްޖޭން ބޭސް ނުލިބޭ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.
ނާޒިމް ވަނީ ކުރީގެ ރައިސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.
ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދިން ނާޒިމްއަށް އަނެއްކާ ވެސް މިނިސްޓަރުން ފެންވަރުގެ މަގާމެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ