އެމެރިކާގެ މިޒޫރީގައި ސްކައިޑައިވް ކުރާ ބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

އެމެރިކާގެ މިޒޫރީ ސްޓޭޓްގެ ބަޓްލާ ކައިރިއަށް ސްކައިޑައިވް ކުރާ މީހުން ގޮވައިގެން ދަތުރުކުރި ކުޑަ ބޯޓެއް ވެއްޓި، އޭގައި ތިބި ހުރިހާ އެންމެން މަރުވެއްޖެއެވެ.
އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ބުނި ގޮތުގައި ވެއްޓިފައިވަނީ ޕެސިފިކް އެއިރޯސްޕޭސް 750އެކްސްއެލް މަރުކާގެ ބޯޓެކެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިޒޫރީގެ ގަވަރުނަރު މައިކް ކީހޯ ވަނީ ސްޓޭޓްގެ އެކި އިދާރާތައް މެދުވެރިކޮށް ކައުންސެލިންގެ ހިދުމަތް ދޭން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ