ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިއްޔެ އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ބަފާ ޓައިމަކ، މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. އަދި އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ ގަޑި އެޖަސްޓުކޮށެއް ނުދެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި އިތުރަށް ބުނި ގޮތުގައި؛
ނަމަވެސް، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މި އުސޫލުން އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނާއި މިސްކިތު މުވައްޒަފުންގެ އިތުރުން އާންމުންނަށް ސީދާ ގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނެވެ.
މުވައްޒަފެއްގެ މަގާމުގެ ގޮތުން އިސްތިސްނާ ކުރަންޖެހޭ މުވައްޒަފުން މި އުސޫލުން އިސްތިސްނާ ކުރާނީ އެ އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައި، އެ ކޮމިޝަނުން ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓުގެ ބަފާ ޓައިމެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ