ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު އެ ބޭފުޅުން ސެކިއުރިޓީ ކަނޑާލަން އެމްއެންޑީއެފްއިން އެއްބަސްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ މުޒާހަރާއަކީ ގާނޫނާ ހިލާފް އެއްވުމެއްގެ ގޮތުގައި ފުލުހުން ކަނޑައަޅައިފިނަމަ، އެ ވަގުތުން ފެށިގެން ސެކިއުރިޓީ މެދުކެނޑޭނެ ގޮތަށް އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާބެހޭ އުސޫލު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ވަނީ ނިންމައިފަ އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ސިޔާސީ އެއްވުންތަކަށް ޓެރަރިސްޓް ހަމަލާތައް އައުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ އެއްވުންތަކަށް ސަލާމަތީ ބާރުތަކުން ދޭ ހިމާޔަތް އުނިކޮށްފިނަމަ، އެއީ މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ބޮޑު އުނިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑަށް ފެންނަ ތަނުގައި އެއީ އެމްއެންޑީއެފް އިން އެއްބަސްވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
The most trusted news source in the Maldives
ނަޝީދު ވިދާޅުވި ގޮތުގައި އެއްވުމަކަށް އަމާޒުކޮށް ބަޔަކު ހަމަލާއެއް ދީފިނަމަ އެންމެ ގިނައިން ގެއްލުން ވާނީ އާންމުންނަށެވެ. އެހެންވެ، ސެކިއުރިޓީ މެދުކަނޑާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ނޫން ކަމެއް މިއަކީ. އެމްއެންޑީއެފް ބޭފުޅުން އެ ތަނުގައި ތިއްބަވަން ޖެހޭނެ. ބައްލަވަން ޖެހޭނެ އެކަމަކާ އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް، އެކަން އެ ބޭފުޅުން ކުރައްވަން ޖެހޭނެ. ދެން އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެމްއެންޑީއެފް އިން އެ ބޭފުޅުންގެ ގާނޫނީ ވާޖިބުތައް އަދާކުރައްވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލި ނަމަވެސް އެމަނިކުފާނު މުޒާހަރާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެގޮތަށް ބިރެއް ދެއްކިޔަސް، އެމަނިކުފާނު މަގުމައްޗަށް ނިކުމެވަޑައިނުގަނެ ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން ސަލާމަތްތެރިކަން ހޯދެން އޮތް މިންވަރަށް އަޅުގަނޑުމެން ހޯދާނަން،" ނަޝީދު ވިދާޅުވި އެވެ.
The most trusted news source in the Maldives
ކުރީގެ ރައީސުންނަށް ގާނޫނާ ހިލާފު މުޒާހަރާތަކުގައި ސެކިއުރިޓީ ނުދޭން ނިންމިއިރު، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަދި އަބްދުﷲ ޔާމީން ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވައިފަ އެވެ. އަދި ތިން ރައީސުންގެ އެ ބައްދަލުވުމަށްފަހު ތިން ރައީސުން އެކުގައި މަގުމައްޗަށް ނިކުމެވަޑައިގަތުމުން ފުލުހުންނާއި ސެކިއުރިޓީންނާ ދެމެދު ދެބަސްވުންތަކެއް އުފެދުނެވެ.
ސެކިއުރިޓީގެ އުސޫލަށް ގެނައި ބަދަލާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމަން ޖެހުނީ ގާނޫނާ ހިލާފު އެއްވުންތަކުގައި ކުރީގެ ބައެއް ރައީސުން ބައިވެރިވެވަޑައިގަންނަވާއިރު، އެފަދަ އަމަލުތައް ހިންގަވާ ދަނޑިވަޅުގައި ސެކިއުރިޓީން ވެސް ގާނޫނާ ހިލާފު އަމަލުތައް ހިންގަން މަޖުބޫރުވާ ފަދަ ހާލަތްތައް ކުރިމަތިވާތީ އެވެ.
އެހެންވެ، އެފަދަ ކަންކަމުގެ ސަބަބުން ފުލުހުންނާއި އެމްއެންޑީއެފްގެ ސެކިއުރިޓީ އޮފިޝަލުންގެ މެދުގައި ވެސް ހިތްހަމަނުޖެހުން އޮންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލަން ސިފައިން އެއްބަހެއް ނުވާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ