ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި 'ޕޮލިސް ލޯންޗު 57' އިން ގެއްލުނު ފުލުސް އޮފިސަރުގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ އެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ އެ ހާދިސާ ސަމާލުކަމަށް އައުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.
"އެގޮތުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފަ އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ،" ފުލުހުންގެ މީޑިއާއިން ބުނެފައިވެ އެވެ.
ތަފްސީލު - ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެތަނަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.
ފުލުހުން އަންނަނީ އޭނާގެ އާއިލާއަށާއި އެކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މަރުވި ފުލުސް އޮފިސަރުގެ ވަނަވަރާއި އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ގެއްލުނު ފުލުސް މީހާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ