އިންޑިއާ އަނބުގެ އެލާޓެއް ނެތް، އެކަމަކު މި އަންނަނީ ބަލަމުން: އެމްއެފްޑީއޭ

ނުރައްކާތެރި މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑު ހުރުމުން، އަވަށްޓެރި ބައެއް ގައުމުތަކުން އިންޑިއާގެ މޭވާގެ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރިއަސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ހިއްސާކޮށްފައިނުވާ ކަމަށާއި އެކަމަކު އެ ފަދަ ތަކެތި އިމްޕޯޓުކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން މިއަދު ބުނެފި އެވެ.
އިންޑިއާއިން އެތެރެކުރި މޭވާތަކެއް ތަހުލީލުކުރިއިރު، މަތީ މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑް ހުރިކަން އެނގުމުން ނޭޕާލް އަދި ޖަޕާނުން ވަނީ އެ ތަކެތި އެތެރެކުރުން މަނާކޮށްފަ އެވެ. 
އެކަމާ ގުޅިގެން، ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގުވާމީ އެއްވެސް އިދާރާއެއް ފަދަ ފުޑް އެލާޓް ސިސްޓަމަކުން، އެމްއެފްޑީއޭއަށް "މެންގޯ އެލާޓް"އާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ. 
The most trusted news source in the Maldives
އެކަމަކު، އެ ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 
އިންޑިއާއިން ރާއްޖެއަށް މިހާރު ވެސް ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރި އިމްޕޯޓުކުރެ އެވެ.
އިންޑިއާގެ އުފެއްދުން މަނާކުރި ނޭޕާލްގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ލައިވްސްޓޮކް ޑިވެލޮޕްމަންޓުން ބުނީ މި އަހަރުގެ އެޕްރީލް-މެއި ހިސާބުން ފެށިގެން އިންޑިއާގެ މޭވާގެ ބާވަތްތަކަށް ސަމާލުވެ އެކި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ޖަޕާނުގެ ކަރަންޓީނު އޮފިޝަލުން މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ޓްރީޓްމަންޓް ފެސިލިޓީތައް ބަލައި ފާސްކުރިއިރު، ސިއްހީ ރައްކާތެރިކަމާއި ފަނިފަކުސަ ކޮންޓްރޯލްކުރުމުގެ މިންގަނޑުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ