ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ 1 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
އެ ކުންފުނިން ކޮމާޝަލް ޔުނިޓްތަކަށް އެތަންތަން ދޫކުރަން ހުޅުވާލާފައި މިވަނީ އެގްރިމެންޓު ހަމަވުމުންނެވެ.
އެތަންތަނުގައި މިހާރު ހިންގަނީ ފިހާރަތަކާއި ރެސްޓޯރެންޓްތަކެވެ.
އެޗްޑީސީން 12 ވަނަ ޓަވަރުގައި ހަދަން ދީފައިވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކަކާއި ޖިމެއް ނުވަތަ ފާމަސީއެކެވެ. އަދި ދިހަ ވަނަ ޓަވަރުގައި ފިހާރައަކާއި ކެފޭއަކާއި ކްލިނިކެއް ނުވަތަ ޖިމެެއް އެޅުމަށް ވަނީ ދީފައެވެ.
ހިޔާ ޓަވަރުގެ ކޮމާޝަލް ދެ ޔުނިޓެއް ކުއްޔަށް ދިނުމަށް ހުޅުވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ