ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ޕޮލިސް ލޯންޗަކުން ގެއްލުނު ފުލުހަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައިވަނީ ހއ. އުލިގަމަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އަޙްމަދު އާސިފެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަރުތައް ތިރީގައި އެ ވަނީ އެވެ.
ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅުނު "ޕޮލިސް ލޯންޗް 57" އިން ގެއްލުނު ފުލުހަކު، މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އުމުރުން 33 އަހަރުގެ އަހުމަދު އާސިފް ކަމަށާއި، އޭނާ މަތިވެރީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕީއެންސީގެ އެތެރޭގެ ތާއީދު ރައީސް މުޢިއްޒަށް ގެއްލެމުންދާ ކަމަށް ބުނެ، ކުރިއަށް އޮތް ކޮންގްރެސްގައި އެމަނިކުފާނު ޕާޓީން ވަކިކުރުން އެކަށީގެންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ނާޤާބިލުކަމާއި ޓެކްސް ބޮޑުކުރުމުގެ ސިޔާސަތުތަކަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ދެން ސަރުކާރަށް އެލާރިކޮޅު ހޯދާފައި ލޯން ދެއްކުން. މިހެން ހަދައިގެން ގޮސް ޑޮލަރެއް ރަށުގައި އޮތީއަކީއެއް ނޫން. ޑޮލަރެއް މިހާރު 20، 30 އަށް އަރައިގެން ދަނީ. މިގޮތަށް މިކަން ދާނަމަ މި އަހަރު ނިމޭއިރު ޑޮލަރެއް 30 ރުފިޔާއަށް ދާނެ
މިއަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބޮޑު ތަފާތަކުން ބަލިވެފައިވާތީ، މާދަމާ ބާއްވާ ވޯޓަކީ ސިޔާސީ މަސްރަޙު ބަދަލުކޮށްލާނެ މުހިންމު ވޯޓަކަށް ވެދާނެ ކަމަށް ބެލެވެއެވެ. މި ވޯޓުތަކުގެ ނަތީޖާއަކީ ސަރުކާރުގެ މަޤްބޫލުކަން ވަޒަންކުރެވޭނެ މިންގަނޑެއް ކަމަށް ސިޔާސީ މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.
މިއަހަރުގެ މިހާތަނަށް ކުރިއަށް ދިޔަ އިންތިހާބުތަކަށްވުރެ މާދަމާގެ އިންތިހާބު މުހިންމު ވެދާނެ ކަމަށް ވިސްނުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގުބޫލުކަން ރިކޯޑު މިންވަރަކަށް ދަށް ވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓީގެ ލީޑަރު ހޮވަން ބާއްވާ އިންތިހާބެކެވެ.
އެމްޑީޕީއަށް ދިމާވާ ކޮންމެ ކަމެއްގެ އަސަރު ސީދާ ގޮތުން ޤައުމަށް ކުރާ ކަމަށް ކުރީގެ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ޝައުނާ ވިދާޅުވީ ވަކި މީހެއްގެ ވަށާ އެނބުރޭ ސިޔާސަތު ދޫކޮށް، އުޞޫލުތަކެއްގެ މަތިން ޕާޓީ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީއަށް ދިމާވާ ކަންކަމުގެ އަސަރު ސީދާ ގައުމަށް ކުރާކަމަށާއި، އެ ޕާޓީ ރޫޅުމުން ދައުލަތުގެ ނިޒާމުތަކަށް ބުރޫއަރާކަމަށް ކުރީގެ މިނިސްޓަރު ޝައުނާ ވިދާޅުވެއްޖެއެވެ.
މ. ވޭވަށު ކައުންސިލް އިންތިޚާބާ ގުޅިގެން ހައިކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާޠިލުކުރުމާ ގުޅިގެން، އެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަޙްޝަން ނައީމަށް ކަށަވަރުވެއްޖެއެވެ. މިއީ އިންތިޚާބުގެ ނަތީޖާއާ މެދު ޕީއެންސީން ހުށަހެޅި މައްސަލައެއްގައި ނިންމި ނިންމުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމުގެ ސަބަބުން، މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ފުރަތަމަ ފަހަރަށް 100 މިލިއަނަށް ވުރެ ދަށަށް ދިޔަ ނަމަވެސް މާޗު މަހު ލިބުނު ރެކޯޑު އަދަދާ އެކީ މި އަހަރު ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ ގިނަ.
ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހު، އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިއީ އިދާރީ އޮނިގަނޑަށް އައި ބަދަލާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމުގައި ތިބި ހުރިހާ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނުން ވަޒީފާއިން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިނާޔަތުގެ ގޮތުގައި 10،000 ރުފިޔާ ދިން. ކުރިން ސަރުކާރުން ބުނީ އެ މުވައްޒަފުންގެ މަގާމު ނުގެއްލޭނެ ކަމަށް.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ލަގެޖާ ހަވާލުވާން އައި ދެ މީހުންގެ ތެރެއިން އެކަކު ފިލައިފިއެވެ. މި މައްސަލައިގައި މިހާތަނަށް އިންޑިއާގެ ދެ މީހަކާއި ތިން ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ.
ވައިގެ މަގުން ރާއްޖެއަށް އަށް ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރި މައްސަލައާ ގުޅިގެން އިންޑިއާގެ ދެ މީހަކާއި ތިން ދިވެހިން ހިމެނޭހެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މި ތަކެތި ފެނިފައިވަނީ ލަގެޖުގައި "ފޯލްސް ބޮޓަމް" އެއް ހަދައިގެން ފޮރުވާފައި ހުއްޓާ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފްލައިޓުތައް ހުއްޓާލުމާއި ޓޫރިސްޓުން މަދުވުމުގެ ސަބަބުން، ރާއްޖެއަށް ލިބުނު ޑޮލަރުގެ އާމްދަނީ މިއަހަރު ފުރަތަމަ ފަހަރަށް 100 މިލިއަނަށް ވުރެ ދަށަށް ގޮސްފިއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބިފައިވަނީ 88.5 މިލިއަން ޑޮލަރެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމުގެ ސަބަބުން، މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ފުރަތަމަ ފަހަރަށް 100 މިލިއަނަށް ވުރެ ދަށަށް ދިޔަ ނަމަވެސް މާޗު މަހު ލިބުނު ރެކޯޑު އަދަދާ އެކީ މި އަހަރު ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ ގިނަ.
އޮސްޓްރޭލިއާއަށް އެތެރެކުރުން މަނާ އެއްލައްކައަށް ވުރެ ގިނަ ބޮޑެތި ކުރަފި، އެ ޤައުމުގެ ތާރީޚުގައި ހިންގި އެންމެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ. މި ތަކެތީގެ އަގު ދެލައްކަ އޮސްޓްރޭލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މިދިޔަ މޭ މަހު ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް ކުރަފިތަކުގެ އަގު ދެލައްކަ އޮސްޓްރޭލިއަން ޑޮލަރަށް އަރާ
އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުއަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޑީންސް އެވޯޑު ލިބިއްޖެއެވެ. މި އެވޯޑަކީ ކޯހަކުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކިޔަވަމުންދާ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯހުން އެންމެ މަތީ ނަތީޖާ ހޯދައިގެން އެމްއެންޔޫގެ ޑީންސް އެވޯޑު ހާސިލުކޮށްފިއެވެ. މި އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި ކޯސްތަކުން އެންމެ މަތިން ފާސްވާ ދަރިވަރުންނަށް މިއަހަރު އަލަށް ދޭން ފެށި އެވޯޑެކެވެ.
ހުލާސާކޮށް އިއްޔެ: ފުލުހުންގެ އޮޕަރޭޝަނެއްގައި ފުލުހަކު ނިޔާވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ