ވޯލްޑް ކަޕާ ގުޅުވައި އުރީދޫގެ ކުޑަކުދިންގެ ހަވީރެއް މާދަމާ ސެންޓްރަލް ޕާކުގައި

ވޯލްޑް ކަޕާ ގުޅުވައި އުރީދޫ މޯލްޑިވްސް އިން މާދަމާ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ. 
މި ކުޑަކުދިންގެ ހަވީރު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ. 
އުރީދޫ މޯލްޑިވްސްއިން ވޯލްޑް ކަޕަށް "ފުޓުބޯޅަ ފޯރި" ގެ ނަމުގައި ހާއްސަ ކެމްޕޭނެއްވެސް މިއަދު ފަށައިފި އެވެ. މިއީ އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕެއިނެކެވެ. 
އުރީދޫއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އަމާޒުކޮށް "ފުޓުބޯޅަ ފޯރި" ކެމްޕެއިން ފަށައި، މީޑިއާނެޓް މެދުވެރިކޮށް މެޗުތައް ބަލާލެވޭނެ ހާއްސަ ޑޭޓާ ޕެކެއް ތައާރަފުކޮށްފި. މީގެ އިތުރުން، ސުޕަރނެޓް ކަސްޓަމަރުންނަށް އެއްވެސް އިތުރު ފީއަކާ ނުލައި ތިން މަސް ދުވަހުގެ މުއްދަތަށް ޕެކޭޖް އަޕްގްރޭޑް ކޮށްލުމުގެ ފުރުސަތު މި ކެމްޕެއިނުގެ ދަށުން ވަނީ ހުޅުވާލާފައި.
ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ފުޓުބޯޅަ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބެލުމަށާއި ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ. 
"ފުޓުބޯޅަ ފޯރި" ކެމްޕޭނާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ.
މި މްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ