ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ހިންގަމުންދާ ޖަލުތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ކުރިއަށްގެންދާ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"ތަންކޮޅެއް ލަސްވެއްޖެ އަޅުގަނޑުމެންނަށް މި މަސައްކަތުގައި ކުރަންޖެހޭ މަސައްކަތުގެ ބާވައްތަކުން ދައުލަތުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ކުރަން ޖެހޭތީ އަޅުގަނޑުމެން އެންމެ އެދެވޭ ގޮތެއްގައި ނޫން ކަންކަން ތަރުތީބު ވެގެންދަނީ. އުނދަގުލުން ނަމަވެސް މިކަން ވެގެންދާކަމީ ކަރެކްޝަނަލް ސާރވިސްއަށާއި އަދި ޖަލުތަކުގައި ހިދުމަތް ހޯއްދަވާ ދިވެހި ރައްޔިތުންނަށް ކޮންމެހެންވެސް އުފާވެރި ކަމެއް ލިބިގެން އަންނާނެ ދުވަސްތަކެއް" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން މިހާރު ވަކިވަކި ޖަލުތަކުގައި ޚިދުމަތް ދިނުމުގެ ސަބަބުން ދިމާވާ ދަތިތަކާ މައްސަލަތައް ހައްލުވެ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަމޫނާ މުއައްސަސާއަކަށް ވެގެންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ