ދިރާގު ގޭމާސް ގިލްޑްއަށް ސައިން އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް ސައިންއަޕް ކޮށްގެން ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.ދިރާގުން ބުނީ މިއީ ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.މި ފުރުސަތުގެ ބޭނުންހިފައި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:ޑީޖީޖީއަށް ސައިންއަޕް ކުރުންއަމިއްލަ ނަންބަރު ވެރިފައިކުރުމަށްފަހު ޔޫޒަރ-ނޭމް އަޕްޑޭޓްކުރުންދިރާގުން ބުނީ މިހާ ފަސޭހައިން ބައިވެރިވެވޭ ގޮތަށް 16 ސެޕްޓެންބަރުގެ ނިޔަލަށް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.އަދި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އައު ޕީއެސް ފައިވް ޕްރޯއެއް ލިބިގެންދާނެ ކަމަށާއި މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާޣުން ވަނީ ބުނެފަ އެވެ.ދިރާގުން ގޭމަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ޑީޖީޖީ ޕްލެޓްފޯމުން އަގުހުރި އިނާމުތައް ހުށަހަޅައި އެކި މުބާރާތްތަކާއި ފެސްޓިވަލްތައް އަންނަނީ ބާއްވަމުންނެވެ. އަދި ދިވެހި ގޭމަރުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެ ޕްލެޓްފޯމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ