ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށް ދީފި

ދައުލަތުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހއ. އުތީމުގައި ބާއްވަމުން އަންނަ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - ޝަރަފުވެރިކަމުގެ ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ:
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ - އިސްމާއިލް މުހައްމަދު، މއ. ފީރޯޒްވާދީ
އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާ - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިފަހުން އިސްތިއުފާދެއްވި މުހައްމަދު މައުރޫފް ޖަމީލް، މ. ދޫރެސް
 ޕާފޯމިން އާޓްސްގެ ދާއިރާ - މި އަހަރު އަވަހާރަވި މިއުޒީޝަން މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ހަނދާނަށް، ގ. ކްރީމްގެ
މީގެ އިތުރުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް މިއަދު ވަނީ އަރުވައިފަ އެވެ.
އެ ފަރާތްތަކަކީ:
ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން: ހުސްނާ ފަހްމީ، މ. އަފްޒާ
ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: އިއްޒަތު އަހުމަދު ނިޒާރު، ސެލްވިން/ހދ. މަކުނުދޫ
ސިއްހީ ރޮނގުން ހިދުމަތްކުރުމާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން: ޑރ. އަބްދުލްއަޒީޒް ހަމީދު، ފިނިފެންމާގެ/ފ. ނިލަންދޫ
ދިވެހި ބޭސްވެރިކަން ކުރުމާއި އެ މަސައްކަތް ތަރައްގީކުރުމުގެ ރޮނގުން: އާމިރާ ސުލައިމާން، ފެހިއަލި/ބ. ކެންދޫ
ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން: ފާތިމަތު އިބްރާހިމް، ކާނިމާގެ/ޅ. ހިންނަވަރު
އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރި އެކި މަސައްކަތްތައް ކުރުމުގެ ރޮނގުން: އަހުމަދު ވަހީދު އަލީ، ވެހި/ހއ. ކެލާ
ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: އުރީދޫ މޯލްޑިވްސް
އެކި ބާވަތްތަކުގެ މަސައްކަތް ކުރުމާއި އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: އަލީމުއްދީން، ވިކްޓަރީ/ސ. ފޭދޫ
ކޮމްޕިއުޓަރު ސޮފްޓްވެއާ އާއި ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން: މުހައްމަދު ޖައިލަމް، ޝާދީވިލާ/ގދ. ފިޔޯރީ
އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން: ޒަހިއްޔާ މުހައްމަދު، މުރީދުގެ/އއ. އުކުޅަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ