އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކާއި ސިއްރު ޑިޕްލޮމެޓިކް މުއާމަލާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާތީ، އެ ގައުމާ އެކު އޮތް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއް ވަރަށް އަވަހަށް ގާއިމުކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު އެއްބަސްވުމަކަށް އާދެވުމާ ވަރަށް ގާތްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މި އެއްބަސްވުމުގައި ސޮއިކުރުން، މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޕާކިސްތާމުގެ ވެރިރަށް އިސްލާމްއާބާދުގައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިހާރު އޮތް ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އޭގެ ބޭނުމެއް ނުޖެހިދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ ގައުމުން ވެސް މިހާރު ވަނީ އުސޫލީ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އެމްއޯޔޫއެއްގައޮ ސޮއިކުރުމަށް ފަހު، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފުރިހަމަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެ އެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. އެމެރިކާއިން ހުށަހަޅާފައިވަނީ 20 އަހަރުދުވަހުގެ މުއްދަތަށް ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމަށެވެ.
ނަމަވެސް އީރާނުން ބޭނުންވަނީ އެއަށް ވުރެ ކުރު މުއްދަތެކެވެ. އަދި އެ ގައުމުން އުފައްދާފައިވާ މަތީ ދަރަޖައަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބައެއް ބޭރު ގައުމުތަކަށް ފޮނުވުމާ މެދު އީރާނުން ދަނީ ވިސްނަމުންނެވެ.
މި ކުރިއެރުންތަކާ އެކު ދުނިޔޭގެ ބާޒާރަށް އުންމީދީ ބަދަލުތަކެއް އައިސް، ތެލުގެ އަގު ދަށްވެ، އޭޝިއާގެ ހިއްސާގެ ބާޒާރު ވަނީ އުފުލިފަ އެވެ. ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އަދި އެމެރިކާގެ ހުރަސްތަކާ ހުރެ އީރާނުގެ މުދާ ބޭރުކުރުމަށް އަދިވެސް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.
މީގެ އިތުރުން، އިޒްރޭލާއި ލުބްނާނާ ދެމެދު އިއްޔެ އެއްބަސްވި 10 ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ލުބްނާނުގެ ހިޒްބުއްލޯ އިން ތާއީދުކުރުމަށް ޓްރަމްޕް ވަނީ ބާރުއަޅުއްވާފަ އެވެ.
މި އެއްބަސްވުމާ އެކު ލުބުނާނުގެ ރައްޔިތުން އަނބުރާ އެ މީހުންގެ ވަޒަނަށް ދާން ފަށާފައިވާއިރު، ގިނަ ސަރަހައްދުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އީރާނާ އެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ