މި ހަކަތައިގެ މައްސަލަތައް އުފެދިފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުންނެވެ. މިކަމުގައި އިސްރާއީލާއި އެމެރިކާގެ ވެރިން ކުރަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވާ ގޮތަށް ހިންގާ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ތެލާއި ގޭހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
އައިއެމްއެފްގެ ޔޫރަޕިއަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަލްފްރެޑް ކަމަރ ވިދާޅުވީ، ވިލާތަށް މިވަނީ އިޤުތިޞާދީ އައު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި، މިކަމުން އަރައިގަތުމަށް ވަރުގަދަ މެކްރޯއިކޮނޮމިކް ސިޔާސަތުތަކަކާއި އިސްލާޙުތަކެއް ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން، ސަޕްލައިއަށް އަންނަ ހުއްޓުންތައް ދިގުލައިގޮސް މާލީ ހާލަތު ދަށްވެއްޖެނަމަ، އިންފްލޭޝަން 5 އިންސައްތައާ ގާތަށް އުފުލި، އީޔޫގެ އިޤުތިޞާދު ރިސެޝަނަކާ (އިޤުތިޞާދީ ހީނަރުކަމަކާ) ގާތަށް ހިނގައިދާނެކަމުގެ އިންޒާރުވެސް އައިއެމްއެފް އިން ވަނީ ދީފައެވެ.
ހަކަތައިގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ) އިން މިއަހަރުގެ ނިޔަލަށް އިންޓަރެސްޓް ރޭޓު 50 ބޭސިސް ޕޮއިންޓަށް ބޮޑުކުރާނެކަމަށް ލަފާކުރެވޭކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަނގުރާމައިގެ ސަބަބުން ވިލާތުގައި އިންފްލޭޝަން މައްޗަށްދާނެ: އައިއެމްއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ