މުއިއްޒު މަސައްކަތް ކުރެއްވީ ދުސްތޫރީ ނިޒާމަށް ގޮންޖައްސަވަން، ސުޕްރިމް ކޯޓުން އެކަން ހުއްޓުވައިފި

މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަންކޮށް، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގޮންޖައްސަވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފިއެވެ.
އެގޮތުން މުއިއްޒުވަނީ، މިއަދު އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހުން ނިންމި ތިން ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަންކޮށް، ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދަން ފަނޑިޔާރަކު ފޮނުއްވައި ދެއްވުމަށް ސުޕރިމް ކޯޓަށް އަންގަވާފައެވެ.
އެހެންނަމަވެސް، “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް އޮފީހުން އެދުމުން އެކަން ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ސަރުކާރަށް ވަނީ އަންގާފައެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ނުފެންނަ ކަމަށް މިއަދު ނިންމީ: 
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު 
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
“ދިޔަވަރު އޮންލައިން އަށް އެނގިފައިވާ ގޮތުގައި މަޖިލީހުން ރުހުން ނުދިން އެ ތިން ބޭފުޅުން އަލުން ވަޒީރު ކަމަށް އައްޔަންކޮށް އެބޭފުޅުން އަލުން ވަޒީރުކަމުގެ ހުވާކުރުމަށް ރައީސް އޮފީހުން މިއަދު މަސައްކަތްކުރި އެވެ. އަދި އެ ބޭފުޅުންނަށް ހުވާލައިދެއްވުމަށް ފަނޑިޔާރުން ފޮނުވުމަށް ސުޕްރީމް ކޯޓުގައި މިއަދު ރައީސް އޮފީހުން އެދުނެވެ. 
 މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން އެ މަގާމުން އައްޔަން ކުރުމަށް ރުހުން ލައިދޭން ފަނޑިޔާރުން ފޮނުއްވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. 
އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ވެސް އަދި ސަރުކާރުގެ ވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
 ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010ގައި މުޅި ކެބިނެޓް އިސްތިއުފާދެއްވުމަށް ފަހު ބައެއް ވަޒީރުން އަލުން އައްޔަންކޮށް ރުހުން ހޯދަން ފޮނުވުމުން މަޖިލީހުގެ ރުހުމެއް ނުލިބުނެ އެވެ. އެހެން ނަމަވެސް އޭރުގެ ރައީސް ނަޝީދު ނިންމެވީ ވުޒާރާތައް ހިންގުމަށް އެ ވަޒީރުން އެގޮތުގައި ބޭތިއްބުމަށެވެ. 
އެކަމާ ވިދިގެން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ އޭރު މަޖިލިސް މެންބަރަކަށް ހުންނެވި އަލީ ވަހީދު ހުށަހެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އޭރުކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ: 
“ރައްޔިތުން މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ދެމި ތިބެވޭނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފީމެވެ.” 
މިހެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ