ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިކިއްޖެ
ނަވާރަ ސަތޭކަ ފަންސާސް އަށް ވަނަ ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ޕެލޭ ދެ ގޯލު ޖަހައިގެން އޭނާގެ ޓީމަށް ކާމިޔާބީ ހޯދައިދިންއިރު ލައިގެން ހުރި ޖާޒީ 4.9 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ. ނީލަން ހައުސް ސޮތޭބީސް އިން ބުރާސްފަތި ދުވަހު ބުނީ މި ޖާޒީ ވެފައިވަނީ މިހާތަނަށް ވިއްކާފައިވާ ޕެލޭގެ ހަނދާނީ ތަކެތީގެ ތެރެއިން އެންމެ އަގުބޮޑު އެއްޗަށެވެ. ނިއުޔޯކުގައި ބޭއްވި ނީލަމުގައި އެ ޖާޒީއަށް ފަސް މީހެއްގެ ފަރާތުން 10 ބިޑް ލިބިފައިވެއެވެ. ސޮތޭބީސް އިން ބުނާ ގޮތުގައި މީގެ ކުރިން މި ޖާޒީ ނީލަމުގައި ވިއްކާފައިވަނީ 2004 ވަނަ އަހަރު 70،505 ޕައުންޑް (105،600 ޑޮލަރު) ށެވެ. ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ. ފޮޓޯ/ރޮއިޓާސް ދެހާސް ބާވީސް ވަނަ އަހަރު މަރުވި ޕެލޭ އެ މުބާރާތުގެ ފައިނަލްގައި ސްވިޑެންއާ ދެކޮޅަށް ކުޅެ, ދެ ލަނޑު ޖަހާފައި ވަނީ އުމުރުން 17 އަހަރުގައެވެ. އޭނާ އަކީ މިހާރުވެސް، ވޯލްޑް ކަޕް ފައިނަލެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ކުޅުންތެރިޔާއެވެ. އެ މެޗަކީ ބްރެޒިލަށް ވޯލްޑް ކަޕްގެ ފުރަތަމަ ފަހަަރަށް ކާމިޔާބުކޮށްދިން މެޗެވެ. ޕެލޭގެ އަސްލު ނަމަކީ އެޑްސަން އަރަންޓޭސް ޑޯ ނާސިމެންޓޯއެވެ. ޕެލޭ އަކީ ބްރެޒިލްގެ, އަދި މުޅި ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ އައިކޮނިކް ކުޅުންތެރިންގެ ތެރެއިން އެކަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ