ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު އަހްމަދު އައްޔަނުކޮށްފި

މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ މި މުއްސަނދި ތަޖުރިބާއާއެކު ސީއެމްޑީއޭގެ ހިންގުމަށް އިތުރު ކުރިއެރުމާއި ހަރުދަނާކަން ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ގަބޫލުކުރެއެވެ.
2006 ވަނަ އަހަރު އުފެއްދި ސީއެމްޑީއޭއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމުގެ ޒިންމާ އުފުލާ މިނިވަން މުއައްސަސާއެކެވެ. އެ އޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރާ ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ