އެންސިސް ގުދަނުގައި އަލިފާން ރޯވި ހާދިސާގައި 15 މިލިއަނެއްހާ ރުފިޔާގެ ގެއްލުންވި އެންސިސް ގުދަނުގައި އަލިފާން ރޯވި ހާދިސާގައި 15 މިލިއަނެއްހާ ރުފިޔާގެ ގެއްލުންވި

ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނުގައި މިދިޔަ ބުރާސްފަތި ދުވަހު އަލިފާން ރޯވެ ލިބުނު ގެއްލުން 15 މިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެންސިސްގެ އެމްޑީ މުހައްމަދު ވަސީމް އިސްމާއިލް އަދަދު އަށް ވިދާޅުވީ އަންދާޒާ ކުރެވޭ ގޮތުގައި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު 15 މިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ. ނަމަވެސް ޔަގީންކޮށް ލިބުނު ގެއްލުން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސްޓޮކް ބަލަމުން އެދަނީ. އެސްޓިމޭޓްކޮށް ބުނާނަމަ 15 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބުނު. އެތާ ހުންނާނީ ފަރުނީޗަރު ފްލެއާ. ޕެކިން މެޓީރިއަލް ފަދަ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް މަސް ގަނެ ޕްރޮސެސްކުރާ އަމިއްލަ ކުންފުނި، އެންސިސްގެ އެ ގުދަނަކީ އެ ކުންފުނީގެ ކޭނަރީގެ މަތީގައި ހަދާފައި ހުރި ގުދަނެކެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި ކޭނަރީއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވަސީމް ވިދާޅުވި އެވެ.
"ހަމައެކަނި ގުދަނަށް، އިމާރާތަކަށް އެހެން ތަނަކަށް ގެއްލުމެއް ނުލިބޭ އިރާދަކުރެއްވިއްޔާ. އެތަނަކީ ބޮޑު ސިންގާ ޓެރަސްއެއްގެ މެދުތެރޭ ހަދާފައި ހުންނަ ތަނެއް. ވަފަށައިގެން ޖާގަ އޮވޭ. އެހެންވީމަ ވަރަށް ބޮޑަށް ސަލާމަތްތެރިކަން ލިބިގެންދިޔައީ،" އޭނާ ވިދާޅުވީ އެވެ.
މީގެއިތުރުން ވަސީމް ވިދާޅުވީ ރޯވި ގުދަނަކީ އިންޝުއާ ކޮށްފައި ހުންނަ ގުދަނެއް ކަމަށާއި އެތަނުގައި ކެމިކަލްތައް ހުރި ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
އެންސިސް ގުދަނުގައި ބުރާސްފަތި ދުވަހުގެ ރޭ ރޯވި އަލިފާން އެމްއެންޑީއެފް އިން ކުރި މަސައްކަތުން ނިއްވާލެވުނީ އެ ރޭ ދަންވަރު އެވެ. މުޅި އެ ސަރަހައްދުގައި ދުން ބޯވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރޭ އިލްތިމާސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ