ގދ. ނަޑެއްލާ އައު ބަނދަރު ހެދުމަށް 78 މިލިއަނަށް ހަވާލުކޮށްފި

ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރު އެވެ.
މަސައްކަތުގެ އަގަކީ 78،653،152.46 ރުފިޔާ އެވެ. މަސައްކަތް ނިންމަން ޖެހެނީ 450 ރުފިޔާ އެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް: 
* 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުން
* 19،600 ކޮޑި މީޓަރު ވެލި އައު ނެރުން އިން ކޮނުން
* 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުން
* 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުން
* 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން
* 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުން
* 105 މީޓަރުގެ ނެރުފައިކަށި ޖެހުން
* 244.7 މީޓަރުގެ ބޭރުތޮށި ޖެހުން
* 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން
* ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން
* 534 މީޓަރުގެ އެއްގަމު ތޮށި ޖެހުން
* 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުން
* 10 މޫރިން ބޮއި ހަރުކުރުން
* 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން
* 6 ނެރު ބައްތި
* 18 ބަނދަރު ބައްތި ޖެހުން
* 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ