ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ބޮޑުބޭބެއެއް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި އޭނާ ހައްޔަރު ކޮށްފި އެވެ.
މި ހާދިސާ ހިނގީ ސައުތު ޕޮލިސް (ގއ,ގދ,އައްޑޫ ސިޓީ) ހިމެނޭ ރަށެއްގަ އެވެ. ދިވެހި ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި މައްސަލަ އެ ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން މިއަދު ބުނީ ކޯޓް އަމުރެއްގެ ދަށުން އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ 48 އަހަރުގެ މީހެކެވެ.
ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުން: ތުހުމަަތު އޮތް ބޮޑުބޭބެ ހައްޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ