އެޗްޑީސީ އަތުން ލަންކާ ޕޯޓްސްއަށް ފަސޭހަ މޮޅެއް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ކުލަބު އެޗްޑީސީ އަތުން ލަންކާ ޕޯޓްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ލަންކާ ޕޯޓްސް ކާމިޔާބުކުރީ ކާމިޔާބުކޮށްފައިވަނީ އެޗްޑީސީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ކުލަބު އެޗްޑީސީ އަތުން ލަންކާ ޕޯޓްސް ފަސޭހަ މޮޅެއް ހޯދުން -- ސަން ފޮޓޯ/ މޫސާ ނަދީމް މެޗުގެ ސެޓުތައް ލަންކާ ޕޯޓްސް ކާމިޔާބުކުރީ 25-21، 25-23 އަދި 25-15 އިންނެވެ. މުޅި މެޗުގައިވެސް އެޗްޑީސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ވަކިން ހާއްސަކޮށް ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މި ނަތީޖާއާއެކު އެޗްޑީސީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ. އަދި ލަންކާ ވަނީ ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނައިގައި 11 ޕޮއިންޓާއެކު ބިޝްކެކް އޮތްއިރު ދެވަނައިގައި ޒައިކް އޮތީ 10 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ހެލްޕް ނޭޕާލް އޮތީ އަށް ޕޮއިންޓާއެކުއެވެ. ރާއްޖޭގެ ކުލަބު އެޗްޑީސީ އަތުން ލަންކާ ޕޯޓްސް ފަސޭހަ މޮޅެއް ހޯދުން -- ސަން ފޮޓޯ/ މޫސާ ނަދީމް ލީގު ބުރުގެ ފަހު މެޗުގައި އެޗްޑީސީ ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއެވެ. އަދި ލަންކާ ޕޯޓްސް ބައްދަލުކުރާނީ ހެލްޕް ނޭޕާލާއެވެ. ލީގު ބުރުގެ ފަހު މެޗުގައި ބިޝްކެކުން ނުކުންނާނީ ޒައިކާ ދެކޮޅަށެވެ. އަދި ސިފައިން ނިކުންނާނީ އެޗްޑީސީއާ ދެކޮޅަށެވެ. މި މަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ